މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ނުވަ ކަމެއް ހިމެނޭގޮތަށް އިންތިގާލީ ގާނޫނެއް ފާސް ކުރަން، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހަޅުއްވައިފި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، މަޖިލީހަށް ހުށަހެޅުއްވިއިރު، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ޚާއްސަ ގާނޫނެއް މި ބޭނުމަށް ފާސްކުރުމަށް މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިހާރު ވަނީ ދިރާސާ ކުރަން ވެސް ފަށާފައެވެ. އެކަމަކު ގާނޫނުއަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް މީގެކުރިން ވަނީ ލަފާދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލު ގެންނައިރު ގައުމު އޭރަކު އޮތް ހާލަތަށް ބަލައި އޭގެ ތެރެއިން އެންމެ އަސާސީ އެއް ސިފައަކީ ފުރިހަމަ ގޮތެއްގައި ރައްޔިތުންގެ މެދުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ފުރުސަތު އޮތުން ކަމަށެވެ. އަދި އެ ފުރުސަތު މިހާރު ނެތް ކަމަށާއި އެހެންކަމުން މިއީ ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނެ ހާލަތެއް ނޫން ކަން ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި އެގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން އަމަލު ކުރާނެ އިންތިގާލީ އުސޫލުތަކެއް މަޖިލީހަށް ކަނޑައެޅޭނެ ކަމަށް ހަސަން ލަތީފު ފާހަގަކުރެއްވިއެވެ.
"އެއީ ގާނޫނަކުން ކުރެވޭނެ ކަމެއް. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." ހަސަން ލަތީފް ވިދާޅުވި އެވެ.
އެގޮތުން ހަސަން ލަތީފް ހުށައެޅުއްވި އިންތިގާލީ ގާނޫނުގައި ނުވަ ކަމެއް ހިމެނެއެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައަޅާފައިވާ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމެޓީއަށް ބިލް ގެންދިއުމަށް ފަހު ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ނަޝީދު ހާމަކުރެެއްވިއެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށައެޅި މައްސަލައިގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު