ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖެ ނުދެކޭ ފަދަ ހިންގުންތެރި ވެރިއެއް ކަމަށް ވިދާޅުވެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ރައީސް ސޯލިހަކީ ކެމްޕޭނެއް ބޯމަތިވުމުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގައި ވެހެމުންދާ ބޯ ވާރޭގައި ހުންނަވައިގެން އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއްނޫން ކަމަށެވެ.

"އެމަނިކުފާނަކީ (ރައީސް) އަކީ ނުނިމި ހުރި އެއާޕޯޓުތައް ނިންމަވާ، އިތުރު އެއާޕޯޓުތައް ވެސް ތަރައްގީ ކުރައްވަމުން މުޅި ރާއްޖެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން ގުޅާލަދެމުން އަންނަ ކުރިން މި ރާއްޖެ ނުދެކޭ ފަދަ ހިންގުންތެރި، ހިކުމަތްތެރި ރައީސެއް." ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން ނަހުލާ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ ތަރައްގީ އާއި ތަމައްދުން ހާސިލުކުރުމަށްޓަކާ މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތްތަކަކީ ނުވާ ކަމެއްގެ ގޮތުގައި ސިފަކުރަން ސިޔާސީ ބައެއް ފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ސޯލިހު މިއަދު ވަނީ ހުޅުއްވައިދެއްވާފައެވެ. ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސުން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ހެދި އެއާޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.



ކިޔުންތެރިންގެ ހިޔާލު


1

ނުރަބޯ

19-Feb-2022

ސުބްޙާނަﷲ.


1

ކަނޑުކޮސް

19-Feb-2022

މިއަދު ސޯލިހުބޭ އެއަރޕޯރޓް ހުޅުވިއިރު ވާރެއެއް ނުވެހެއެއްނު ވެހުނުނަމަ ސޯލިހަކަސް ޤާސިމަކަސް ތެމޭނެ.ޙަސަދަވެރިވިޔަސް ފާޑުކިޔަންވާނީ ޤުދުރަތީނިޒާމަކަށްނޫން.ދެންވެސް ތިކަހަލަ ސޭކުވާހަކަ ނުދައްކާތި.