ހުޅުމާލޭގެ ފޭސް ދޭއްގައި ބިދޭސީންތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިނގައިފިއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލޭ ފޭސް ޓޫގައި މިރޭ 8:00 ހާއިރު މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި މާރާމާރި ހިންގި ސަބަބެއް އަދި އަނިޔާ ލިބުނު މީހުންގެ މައުލޫމާތު އަދި ސާފުނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ބުރަކަށީގެ އިތުރުން އަތުގެ އެކި ތަންތަނަށް ވަނީ ހަމަލާ ދީފައެވެ. މި މާރާމާރީގައި ތިން މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އެނގިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު