ފުލުހުންނަށް ވުރެ ކުށްވެރިންގެ ބާރު މިހާރު ގަދަވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ނ. މިލަދޫ މުޝްތަރީ ގޭގައި އަލިފާން ރޯކޮށްލުމުން މުޅި ގެ އަނދައިގެންދިޔަ ކަމަށެވެ. އޭގެ ދެމަސް ފަހުން، ރޭ ހަމަ އެރަށު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެެ.

"ރާއްޖޭގެ އެތައް ރަށެއްގެ ހާލަތަކީ މިއީ. ފުލުހުންގެ ބާރުކެނޑި ކުށްވެރިންގެ ބާރުވަނީ ގަދަވެފައި." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މިކަން ޙައްލުކޮށް ނުދެވުނު ކަމަށެވެ. އަދި "ހައްލަކީ އުމަރު" ކަމަށް އުމަރު ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ދަންވަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިރޭގެ ވަގުތެއްގައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެމައްސަލައިގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައެވެ. މިމައްސަލައިގައި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެެވެ.

ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކުށްވެރިކުރައްވައި އެކަން ކުރި ބަޔަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދު އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ސީޕީ ހަމީދު މި މައްސަލައިގައި ވިދާޅުވީ ފުލުހުންނަށް އުނދަގޫ ކުރި ނަމަވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ބަނާނާ

24-Feb-2022

ތިޔަކަން ހައްލު ކުރެވޭނީ ހަމަ ޢުމަރަށް.


-7

އިއްބެ

19-Feb-2022

އުމަރަކީ މޮޔައެއްތަ އަބަދުވެސްކުއްވެރިންތިބޭނީ ފުލުހުންގެމަތީގައި އުމަރުގެ ވެރިކަމުގައިފުލުހުންދުވެދުވެތިއްބައި ކިތަހ މީހުންގައިގާ ވަޅިއަޅައި ކިތައްމީހުންޤަތުލުކުރިތަ


2

އަހައްމާ

19-Feb-2022

ހައްލަކީހަމަ ޢުމަރު