ޅ. ހިންނަވަރުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ 30 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް އޮތް މާޗް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިސަރުކާރުން ކުރިއަށް ގެންދާ ޖަޒީރާ ހޮޅުއަށި ޕްރޮގްރާމުގެ ތެރެއިން ހިންނަވަރު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ރައްޔިތުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރު ހޮސްޕިޓަލް ހަދައިދޭނެ ބަޔަކު ހޯދުމަށް މިހާރު ބީލަމަށް ލާފައިވާތީ މިމަހުގެ 28 ވަނަ ދުވަހު އެ މަރުހަލާ ނިމޭނެ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއު މާޗް މަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހޮސްޕިޓަލް ނިންމަން އެމަނިކުފާނަށް އޮތީ ދެ އަހަރު ކަމަށެވެ. އެއީ އެވަރުގެ ހޮސްޕިޓަލެއް އަޅަން ދިގު މުއްދަތެއް ކަމަށް ގަބޫލުކުރައްވާތީ ޕްލޭނިން މިނިސްޓަރާ ވާހަކަދައްކަވައިގެން އެ މަސައްކަތް ނިންމުން އަވަސް ކުރެވޭތޯ ބައްލަވާނެ ކަމަށާއި އެކަމަށް ހައްލު ހޯދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ހިންނަވަރުގައި ސަރުކާރުން ކުރިއަަށް ގެންދާ ތަރައްގީގެ މަޝްރޫއު ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރު ބަނދަރު ބޮޑުކުރުމާއި އާ ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ރަށު ކައުންސިލްގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭ ކަމަށާއި މަގު ހެދުމާއި ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ. އަދި ހިންނަވަރުގެ ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރަށު ކައުންސިލާއި ރައްޔިތުން ވެސް ހިންނަވަރުގައި ބޭންކެއްގެ ބްރާންޗެއް ގާއިމުކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު