އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ.

މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައި އޮށްވާ ފެނިފައިވަނީ ފިރިހެނެކެވެ. މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މަރަދޫފޭދޫ މީހަކާއި އިނދެގެން އުޅޭ ފުވައްމުލަކު މީހެކެެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެެވެ. އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ މަރަދޫ ފޭދޫގައި ފަޅު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހަައްދުގައި މިހާރު ފުލުުުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.



ކިޔުންތެރިންގެ ހިޔާލު