ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތް ފަޅާނުލާ ހިތުގެ މައިލޭނާރު ބަދަލުކޮށްލާ ސާރޖަރީއެއް ކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތް ފަޅާނުލާ ހިތުގެ މައިލޭނާރު ބަދަލުކޮށްލާ ސާރޖަރީއެއް ކާމިޔާބު ކަމާއެކު ހަދާފައިވަނީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ ހިތުގެ ވޭލުތައް ބަދަލުކުރުމަށްޓަކައި، ހިތް ފަޅާ ނުލައި ކުރާ ސާޖަރީއެއް ކަމަށްވާ ޓްރާންސް-އެއޯޓިކް ވޭލްވް އިމްޕްލާންޓް ސާޖަރީއެއް އޭޑީކޭގައި ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.



އެގޮތުން މި ސާޖަރީ ކޮށްފައިވަނީ 81 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެެ. އަދި މިއީ ވަކި ކަންތައްތަކަކަށް ބަލައި، ހޮވާލެވޭ މަދު ބަޔަކަށް ނޫނީ ނުކުރެވޭ ސާޖަރީއެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއީ އޯޕަން ހާޓް ސާޖަރީއަކާއި ނުލާ، ހިތުގެ ވޭލްވްތައް ބަދަލުކޮށްލާ ޕްރޮސީޖާއެކެވެ.

ރާއްޖޭގައި މިވަގުތު ހިތުގެ ނާޒުކު ބައެއް އޮޕަރޭޝަންތަކާއި ބޮލާއި ސިކުނޑިއާއި ނާރުގެ ބައެއް އޮޕަރޭޝަންތައް ވެސް ކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލުކަން ވެސް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު