ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ތަރައްގީ ހޯދަން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއިދު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ނިއްމަވައިފިއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަނދުން ހުސައިން ވިދާޅުވީ، އޭނާގެ ދާއިރާގެ ރައްޔިތުންނަށް ގޯތި ހޯދުމާއި، ފްލެޓާއި، ވިޔަފާރި ލޯނާއި ބޭނުންވާ ތަރައްގީއާއި ކުރިއެރުން ސަރުކާރާއެކު ހޯދަން ފައްޔާޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
"މަސައްކަތް ކުރާނީ ރައްޔިތުން އިންތިޚާބު ކުރި ސަރުކާރާއެކު." ރައީސް ސޯލިހުގެ ސަރުކާރު އެކު ހުންނެވި ކަން ހާމަކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.
އަންނަ އޭޕްރީލްމަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް ވާދަކުރައްވައެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކުގައެވެ. މިނިސްޓަރ ފައްޔާޒު ނުކުމެވަޑައިގަންވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ. އެހެންކަމުން ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތައް ވެސް ފެންނަނީ ދެބަޔަށް ބެހެމުންދާ މަންޒަރެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

Dhaairaage rayyathun ah goathi hoadhumaa flat, viyafaari loan aai beynun vaa tharahgee aai kurierun sarukaaieku massahkaih hoadumah MDP Chairperson akah mifaharu @faya_i ah thaaeedhu kuran alhuga’ndu ninmaifin. Massah kaih kuraanee rayyathun hoahvevi sarukaaraai eku. pic.twitter.com/yd3yfI5UiH
— Hussain Shaheem (@AndhunHussain) February 19, 2022
އަންނަ އޭޕްރީލްމަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް ވާދަކުރައްވައެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކުގައެވެ. މިނިސްޓަރ ފައްޔާޒު ނުކުމެވަޑައިގަންވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ. އެހެންކަމުން ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތައް ވެސް ފެންނަނީ ދެބަޔަށް ބެހެމުންދާ މަންޒަރެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު