ނައިފަރުގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަަދު ހުޅުއްވައިދެއްވައިފިއެވެ.
ނައިފަރު މަދަރުސަތުލް އިފްތިތާހުގައި ޢިމާރާތްކޮށްފައިވާ މި 10 ކްލާސްރޫމް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުއެވެ. ރައީސް މިއަދު ވަނީ ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އިސްވެރިންނާއި ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލުކުރަށްވާފައެވެ.
ޅ އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ތަޢުލީމީ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާ މަރުކަޒުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތަޢުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަޞީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
ރައީސްގެ މިދަތުރުފުޅަކީ ޅ. އަތޮޅަށް ކުރަށްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު