ޅ.ފެލިވަރުގެ މަސް ބަންދުކުރާ ކާރުހާނާ ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވާލައްވައިފިއެވެ.
ސަރުކާރުން އަންނަނީ އިތުރު ކާރުޚާނާއަކާއެކު، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ބިޔަ މަޝްރޫޢެއް ހިންގަވަމުންނެވެ.
ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފެލިވަރަށް ވަޑައިގެން ރައީސް ސާލިހު ވަނީ ފެލިވަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް އޮޅުންފިލުއްވެވިއެވެ.
ސަރުކާރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ފެލިވަރުގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް އަންނަނީ ހިންގަމުންނެވެ. އެމަސައްކަތް ހިނގަމުންދާ ގޮތްވެސް ރައީސް ސާލިހު ވަނީ ބައްލަވާލައްވާފައެވެ.
މިބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 113.39 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބަނދަރަށް ފެލިވަރު ބަނދަރު ހެދުމަށްޓަކައި ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކައި ދެލައްކަ ނަވާވީސް ހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.
ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެރަށުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފިނި ކޮށާރަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމިލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ.

President @ibusolih arrives on Felivaru Island in the Lhaviyani Atoll and tours the land reclamation site for the new cold storage facilities. pic.twitter.com/PlWCEleAh5
— The President's Office (@presidencymv) February 19, 2022
ސަރުކާރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ފެލިވަރުގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް އަންނަނީ ހިންގަމުންނެވެ. އެމަސައްކަތް ހިނގަމުންދާ ގޮތްވެސް ރައީސް ސާލިހު ވަނީ ބައްލަވާލައްވާފައެވެ.
މިބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 113.39 މިލިއަން ރުފިޔާއަށެވެ.
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ބަނދަރަށް ފެލިވަރު ބަނދަރު ހެދުމަށްޓަކައި ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކައި ދެލައްކަ ނަވާވީސް ހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.
ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެރަށުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފިނި ކޮށާރަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމިލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު