ހައި ސްޕީޑް ފެރީ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ނައިފަރު ވެގެންދާނީ ރީޖަނަލް ހަބަކަށްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި ސަރުކާރުން ތަރައްޤީކުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިންމާ ކައުންސިލާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން އަތޮޅުތައް ގުޅުވާލުމުގެ މަސައްކަތުގެ ދަށުން ހއ، ހދ، އަދި ށ. އަތޮޅުގައި ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެ ޚިދުމަތް ފެށިގެންދާނެކަމަށެވެ. އަދި އެއަށްފަހު ޅ. އަތޮޅު ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅުވާލުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާލުވިެެވެ.
ރައީސް ސާލިހު ވިދާޅުވީ އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ފަށާފައިވާ ހައި ސްޕީޑް ފެރީ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން ނައިފަރު ވެގެންދާނީ ރީޖަނަލް ހަބަކަށްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ނައިފަރު ރައްޔިތުން ބޭނުންވާ ގިނަ ކަންކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.
ރައީސް ވިދާޅުވީ، ނައިފަރަކީވެސް މަސްވެރި ރަށަކަށްވެފައި، އައިސް ލިބުމުގެ ދަތިކަމާއި، ބާނާ މަސް އެއްކޮށް ކިރުވުމުގައި ހުރި ދަތިތަކާއި، މަހަށް އެކަށީގެންވާ އަގެއް ނުލިބޭކަމުގެ ޝަކުވާ ނައިފަރު މަސްވެރިންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކުރަމުންދާއިރު، ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢާއެކު މަސްވެރިންގެ އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޅ. އަތޮޅުގައި އެމް.ޓީ.ސީ.ސީން މިހާރުވެސް 2 މަޝްރޫޢެއް އެބަކުރިއަށްގެންދާކަމަށާއި އެއީ ހިންނަވަރާއި ފެލިވަރުގެ 2 މަޝްރޫޢެއްކަމަށެވެ. އަދި އެ މަޝްރޫޢުތައް ނިމިގެންދާއިރުގައި ނައިފަރުގެ ބަނދަރަށް ދިމާވެފައިއޮތް ދަތިކަމަށް ވަގުތީ ހައްލެއް ހޯދޭނެކަމަށާއި އެއަށްފަހުގައި ދެން މިސްރާބު ޖަހާނީ ނައިފަރުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަންތައްތަކަށް ހައްލެއް ހޯދުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު