ނ. މިލަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު ބަންދުކޮށް، ދެމީހުން ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އުމުރުން 22 އަހަރުގެ ޒުވާނެއްގެ ބަންދަށް 5 ދުވަސް ދީފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި ހައްޔަރުކުރި 27 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާ ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމަހުގެ 17 ވަނަ ދުވަހުގެރޭ ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު