15 ދުވަހެއްގެ ޖަލު ހުކުމެއް އިއްވިފަހުން ހަބަރެއް ނުވެ ހުރުމަށްފަހު ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ރާއްޖެ އައިސް އަމިއްލައަށް ކަރެކްޝަނަލް ސަރވިސްއާ ހަވާލުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އޭނާ 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

އޭގެފަހުން އޭނާ ވީ ތަނެއް ނޭނގޭކަމަށް ބުނެ އަޑުބަރޭގެ މައްޗަށް އިއްވި ހުކުމް ވަނީ ތަންފީޒުކުރެވޭ ގޮތް ނުވެފައެވެ.



ނަމަވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ މިރޭ ރާއްޖެ އައިސް ހުކުމް ތަންފީޒު ކުރުމަށް އަމިއްލައަށް ކަރެކްޝަނާއި ހަވާލުވެފައިވާކަމަށެވެ. އަދި އޭނާ އެއާރޕޯޓުން މިހާރު ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

އަޑުބަރޭ ރާއްޖެ އައިސް ކަރެކްޝަނާއި ހަވާލުވިނަމަވެސް، ކުރީގެ މިނިސްޓަރ އަލީ ވަހީދު އަދިވެސް ހުރީ ރާއްޖެއިން ބޭރުގައެވެ.



ކިޔުންތެރިންގެ ހިޔާލު