އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ތެރެއިން 8 ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑަރ ކުރެވިފައި ވާކަމުގައެވެ.
ނައިފަރުގައި އިމާރާތްކޮށް ކައުންސިލާ ހަވާލުކުރި 100 ހައުންސިން ޔުނިޓަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހައުސިންގ ޔުނިޓްތަކާއެކު ނައިފަރުގައި އެންމެބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށެވެ. ނަމަވެސް މިއީ އެތައް ޒަމާނެއްކުރިން ފެށިގެން ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގެ ތަރައްޤީއަށް ރޭވިފައިހުރި އެހެން ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުން އަންނަކަމަށާއި އެގޮތުން މިފްކޯ އިތުރަށް ފުޅާކޮށް ތަރައްޤީކޮށް، ފެލިވަރަށް މަސްގަނެ ސްޓޯރކޮށް ދަޅުގައި ބަންދުކުރެވޭ ކެޕޭސިޓީ އިތުރުކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އައިސް ނުލިބުން ފަދަ ނައިފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ވިދާޅުވިއެވެ.
ހަމައެއާއެކު ނައިފަރުގެ ބަނދަރުގެ ދަތިކަމަށް ޙައްލު ހޯދަން ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތަށް ޙައްލެއް ބޭނުންވާ އުތުރު ނެރުން ވަނުމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެމްޓީސީސީއާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށާއި އެއަށްފަހު ފަހުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން ބޮޑެތި މަގުތަކުގައި ތާރުއެޅުން ކުރިޔަށްދާނެކަމަށާއި ސަރުކާރުން މިހާރު ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން ދެން ބިން ހިއްކުން ފަށާ ރަށްރަށުގެ ތެރޭގައި ނައިފަރު ހިމެނޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަތުރުފަތުގެ ނިޒާމު މިހާރު ޓެސްޓް ދަތުރުތައް ފަށައިގެން ކުރިޔަށްދާ ހއ،ހދ، ށ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށްފަހު ދެން ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ޅ. އަތޮޅު ހިމެނޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތް ދާއިރާތަކުން ވަރަށް އަވަހަށް ޑޮކްޓަރުން ހޯދައި އިތުރު ޚިދުމަތްތައް ހޮސްޕިޓަލުގައި ތަޢާރަފު ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައެވެ.
ނައިފަރު ކައުންސިލާ ހަވާލުކުރި 100 ހައުސިންގ ޔުނިޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެކެވެ. މި މަސްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 1000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު