ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ގެދޮރު ބިނާކުރުމަށާއި މަރާމާތު ކުރުމަށް ސަރުކާރުން ދޫކުރާ ހާއްސަ ގެދޮރުވެރިޔާ ލޯން ސްކީމަށް އަތޮޅު ތެރެއިން 297 ފަރާތަކުން ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމައި ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި 297 ފަރާތަކުން ހުށައަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 96 ފަރާތެެއްގެ ލޯން އެޕްރޫވްކޮށްފައިވާ ކަމަށާއި 29 ލޯން އެގްރިމެންޓްގައި ސޮއިކޮށްފައިވާއިރު 28 ފަރާތަކަށް ލޯން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ލޯން ދިނުމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އެއީ އަތޮޅުތަކުގެ ރައްޔިތުން މާލެ އައިސް ފޯމުގައި ސޮއިކުރަން ޖެހުމުން ދިމާވާދަތިތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެެ.
"އަޅުގަނޑު ބަލާލައިފިން ކިހިނެއް ވެގެންތޯ 96 ފަރާތެއްގެ ލޯން އެޕްރޫވްކޮށްފައި 29 ފަރާތެެއްގެ ލޯނުގައި ސޮއިކުރެވިފައިމިވަނީ. ލަސްތަކެއް އެބަހުރި. އަޅުގަނޑަށް އެގުނީ އަތޮޅު ތެރޭ ރައްޔިތުން މި ލޯން އެގްރިމެންޓްގައި ސޮއިކުރަންޖެހެނީ ކޯޓުގައި ތިބެގެން ކުރަންޖެހޭ ކަމެއް އެޗްޑީސީއެފްސީ އާއި ލޯން ނަގާ ފަރާތާއި ދެ ފަރާތް ކޯޓުގައި ތިބެގެން ކުރަންޖެހޭ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަން ހައްލުކުރުމަށް މާލޭގައި ދިރިއުޅުއްވާ ގާތް ފަރާތަކަށް ޕަވާ އޮފް އެޓާނީކަން ދިނުމުން ލޯނު ލިބުން ލަސްވުމުގެ މައްސަލަ ހައްލުވާނެކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމް ވަނީ ބޭންކް ލޯން ހޯދުމަށް ފޯމް ފުރުމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށްރަށުގެ ކައުންސިލްތަކަށް ގޮވާލައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު