ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެންގުމުން ރިޔާސީ ބަޔާނަށް ޖަވާބު ދޭނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ކުރިން ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން އެހެން ޕާޓީތަކުގެ ހިޔާލުވެސް އެކަމަށް ހޯދަންޖެހޭ ކަމަށެެވެ. އެހެންކަމުން އެ ބައްދަލުވުންތައް މިހާރު ކުރިއަށްދާ ކަމަށާއި މަޖިލީހުގެ އިދާރާއިން އެންގުމުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން އިދިކޮޅު ކޯލިޝަނުން އޮތީ ތައްޔާރަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ)ގައި ބުނާގޮތުން ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި މަޖިލިސް މެންބަރުން ދެން އެންމެގިނަ ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެެވެެ.
ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވާ މަޖިލީހުގައި ހިމެނޭ އެހެން ޕާޓީ ތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެން ކަަމަށާއި މިގޮތުން މެންބަރުންގެ ހިޔާލާއި ފިކުރު ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ގަވާއިދުގައިވެއެެވެ.
ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެ ޖަވާބު ދިނުމަށް އެދޭ ޖަލްސާއެއް މަޖިލީހުގެ ރައީސަށް އެ ޖަވާބުދޭ ފަރާތުން އެންގުމުން އެ ޖަލްސާއެއްގައި އެ ޖަވާބު ދެވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ރިޔާސީ ބަޔާން އިއްވުމުގައި ވަގުތުން ދުރަށް ފޮނުވުމަށް ހަރަކާތްތެރިވި ފަރާތްތަކުން ރިޔާސީ ބަޔާނުގެ ޖަވާބު ވެސް ހަމަ އެ އުސޫލުން ވަގުތުން ދުރަށް ފޮނުވައިދޭން ވާނެ ކަމަށްވެސް ގަވައިދުގައި ވަނީ ބުނެފައެވެ.
ގަވައިދުގެ 32 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭން ވާނެ ކަމަށެވެ ގަވައިދުގައި ބުނާ 14 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ރައީސް ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކޮޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު