ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމަށާއި، އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޑިޕްލޮމާއިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ތިން ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަކަމާއި އެއީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށެވެ. އެކަން ކުރުމަށް ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުންކަމަށް އިމްރާން ވިދާޅުވިއެވެެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓް އިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާއަށްކަމަށެވެ.
ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުޙިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމަށާއި އެހެންކަމުން އެ ޢިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ރަސްމީކޮށް ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. މި ކޯހުގެ ތިންވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު 14 އޮފިސަރުން ފުރިހަމަކޮށް ސެޓްފިކެޓް ވަނީ ހާސިލްކޮށްފައެވެ.

ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ ދަސްވެނިވުން ބާއްވައިފިhttps://t.co/kCnkhcv8e6 pic.twitter.com/cWSWsugtIK
— Maldives Correctional Service (@CorrectionsMv) February 20, 2022
މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓް އިން ޑިޕްލޮމާ ހާޞިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުޙިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާއަށްކަމަށެވެ.
ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުޙިއްމު މަސައްކަތަށް އެޅޭ މުޙިއްމު ފިޔަވަޅެއް ކަމަށާއި އެހެންކަމުން އެ ޢިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ރަސްމީކޮށް ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. މި ކޯހުގެ ތިންވަނަ ބެޗްގައި އެކި ޖަލުތަކުން ޖުމްލަކޮށް 28 އޮފިސަރުން ބައިވެރިވެފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު 14 އޮފިސަރުން ފުރިހަމަކޮށް ސެޓްފިކެޓް ވަނީ ހާސިލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު