ޖިންސީ ފުރައްސާރައާއި ރޭޕްގެ ތުހުމަތުގައި ދައުވާ ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަަށް ފުރުވާލުމުގައި ޖާމިނުވި އެއްބަސްވުމާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ހިލާފުވި މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން ކޯޓުގައި އެދޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނު އެއްބަސްވުމާއި ހިލާފުވެފައިވާތީ އޭނާ 15 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭ ރޭ ވަނީ ރާއްޖެ އައިސް އަމިއްލައަށް ކަރެކްޝަނަލް ސަރވިސާއި ހަވާލުވެފައެވެ.
ޕީޖީ އޮފީހުން ބުނީ ޖާމިނު އެއްބަސްވުމާ ހިލާފުވި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ލިއުމުން ދެ ފަހަރަށް ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. އަދި ޝަރީއަތުގައި އަނގަބަހުން ވެސް އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މިހާތަނަށް އެކަމަށް ގޮތެއް ނިންމާފައި ނުވާތީ ދެން އޮންނަ ޝަރީއަތެއްގައި ވެސް އެކަން އެ އޮފީހުން ކޯޓަށް ހުށައަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށްޓަކައި ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހަކު ޔަގީންކަންދީ ޖާމިނުވެއްޖެ ނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން ފަނޑިޔާރަށް އަމުރުކުރެވިދާނެ އެވެ.
ބަންދުގައި ހުރި މީހާއާ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ޚިލާފުވުމަކީ ކުށެއް ކަމަށް އެ މާއްދާގައިވެއެވެެ. އެކަމާ ޚިލާފުވާ މީހަކަށް އަދަބުގެ ގޮތުގައި ޖަލަށް ލުމާއި ގޭ ބަންދުކުރުމާއި 15،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ވެސް ކަނޑައަޅާފައި ވެއެވެެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަލީ ވަހީދު ޝަރީއަތަށް ހާޒިރުނުވެގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބޭރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ވެސް މިހާރު ދަނީ ކުރަމުންނެވެެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެެކެވެ.

ކިޔުންތެރިންގެ ހިޔާލު