އޮލުވެލިފުށީގައި މިހާރުވެސް 80 ކިލޯވޮޓްގެ ސޯލާ ޕެނަލް ޤާއިމުކޮށްފައިވާކަމަށާއި ސަރުކާރުގެ އަމާޒަކީ މުޅި ރަށުގެ ކަރަންޓް ސޯލާއަށް ބަދަލުކުރުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެެ.
ފާދިއްޕޮޅު އޮޅުވެލިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އޮލުވެލިފުށީގައި މިހާރުވެސް 80 ކިލޯވޮޓްގެ ސޯލާ ޕެނަލް ޤާއިމުކޮށްފައިވާކަމަށެވެ. ޢަމާޒަކީ މުޅި ރަށުގެ ކަރަންޓް 100 ޕަސެންޓް ސޯލާއަށް ބަދަލުކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރު ތަފްޞީލުތައް ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާރު ރަށުގެ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށާއި، ފުޓްބޯޅަ ދަނޑުގައި ޓާފްއަޅައި ނިމިފައިވާކަމަށެވެ. އަދި ދަނޑު ފުރިހަމަކުރުމަށް އިތުރަށް ކުރަންޖެހޭ ކަންކަންވެސް ސަރުކާރުން ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު އޮތް ބަނދަރު ބޭރަށް ޖައްސައި އައު ބަނދަރެއް ހެދުމަށް ކައުންސިލުން އެދުނު ކަމަށާއި، އެކަމުގައި ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް ކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް ކައުންސިލާ ހިއްސާކޮށް، އެ މަޝްރޫޢު ކުރިޔަށްގެންދަވާނެގޮތަކާއި ގުޅޭގޮތުން ކަައުންސިލާ މަޝްވަރާ ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސްކޫލްގައި މިހާރު ޤާއިމުކުރަން ހަމަޖެހިފައި އޮތް 8 ކްލާސްރޫމްގެ ބަދަލުގައި ދެން ކުރިޔަށްގެންދާނީ 10 ކްލާސްރޫމަށް ބަދަލުކޮށްގެންކަމަށާއި އޭގެ ބޭނުމަކީ ސްކޫލުގެ ކިޔެވުން ސިންގަލް ސެޝަނަށް ބަދަލުކުރެވޭގޮތް ހެދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތާއެކު އެ މަރުކަޒުގައި ރައްޔިތުންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ވެސް ތަޢާރަފު ކުރެވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކައުންސިލުގެ ބައްދަލުވުމުގައި އެދުނު ފަދައިން އެރަށުގައި ޖިމެއް ޤާއިމުކޮށްދެއްވާނެކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މުސްތަޤްބަލުގައި ފާދިއްޕޮޅުގެ ތަރައްޤީވެގެންދާނެ ސަރަހައްދަކީ އޮޅުވެލިފުށި ހިމެނޭ ސަރަޙައްދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށް އަމާޒުހިފައިގެންކަމާއި އެގޮތުން ބޭނުންވާ ވަޞީލަތްތައްވެސް މިސަރަޙައްދުގައި ޤާއިމުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި ހެލްތު ސެންޓަރުގެ ޚިދުމަތް ރަނގަޅުކޮށް ލެބޯޓްރީގެ ޚިދިމަތް ބޭނުންވާކަމާއި، ގިރާ ސަރަހައްދު ހިމާޔާތްކުރުމާއި ގޯތި ދޫކުރާނެ ބިންނެތުމުގެ މައްސަލައާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަން އަދި އޭޓީއެމްގެ ޚިދުމަތާއި އަދި އެ ނޫންވެސް ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޮޅުވެލިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެ ކޮމެޓީގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އައު އިމާރާތެއްގެ މުހިންމުކަން ފާހަގަކޮށްފައެވެ.
ރައީސް އޮޅުވެލިފުށްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އޮޅުވެލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ޙާލަތު ބައްލަވާލައްވައި ސްކޫލަށް އެންމެ ދަތިވާކަންކަމާގުޅޭގޮތުން ސްކޫލްގެ އިސްވެރިންގެ ފަރާތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ދަތުރުފުޅުގައި އޮޅުވެލިފުށީ ޞިއްޙީ މަރުކަޒަށްވެސް ޒިޔާރަތްކުރައްވައި އެމަނިކުފާނު ވަނީ އެތަނުގެ ޙާލަތު ވެސް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އޮޅުވެލިފުށީގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަމުގައިވާ ކުރެންދޫއަށް ރައީސް މިހާރު ވަނީ ވަޑައިގެންފައެވެެ.

President @ibusolih meets with the residents of Olhuvelifushi Island in the Lhaviyani Atoll to discuss with them the administration’s developmental plans. pic.twitter.com/uaHNCRcw3d
— The President's Office (@presidencymv) February 20, 2022

ކިޔުންތެރިންގެ ހިޔާލު