ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އުފެއްދި ތަނެއް ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގައި ޑިސެމްބަރު 5، 2012 ގައި ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށް ހުކުމްކޮށްފައެވެ.
އެހެންނަމަވެސް ޖޭއެސްސީން އެ ނިންމުމަށް ގޮންޖަހައި ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޖޭއެސްސީގެ ނިންމުމަށް ތާއިދު ކުރައްވައި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އުފެއްދި ތަނެއް ކަމަށެވެެ.
ގާނޫނާ ހިލާފު އެނިންމުން ނަގަހައްޓާފައިވަނީ ސުޕްރީމް ކޯޓުން ޑިސެމްބަރު 5، 2012 ގައި ނިންމި ގަޒިއްޔާއިން ކަމަށް ބަންޑާރަނައިބް ވެސް ވިދާޅުވިއެވެ.
"ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން / ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅުކުރުމަށް ގާނޫނު އިސްލާހުކުރާނަން.،" ބަންޑާރަނައިބް ވިދާޅުވި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތަކެވެ. އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ އަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށް ނޫން ކަމަށާއި އެއީ މާލޭގެ އަވަށްތަކެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި އަދި ހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށްވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހުޅުމާލޭ ކޯޓަކީ ސިޔާސީމަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއް.ޤާނޫނާ ޚިލާފު އެނިންމުން ނަގަހައްޓާފައިވަނީ31/އެސް-ސީއެސް/2012 ޤަޟިއްޔާއިން.ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެ!ޤާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑުބޭއިންޞާފު ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރާނަން https://t.co/GY9Nf7ujYg
— I Riffath (@ibriffath) February 20, 2022
"ގާނޫނުގައި ނެތް ކަމެއް ގާނޫނާ އެއްގޮތަށް ނުކުރެވޭނެ! ގާނޫނީ މިބޮޑު ފުށުއެރުން / ފާޅުކަން ބޮޑު ބޭއިންސާފު ރަނގަޅުކުރުމަށް ގާނޫނު އިސްލާހުކުރާނަން.،" ބަންޑާރަނައިބް ވިދާޅުވި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނާގޮތުން މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތަކެވެ. އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލެ އަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށް ނޫން ކަމަށާއި އެއީ މާލޭގެ އަވަށްތަކެއް ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށެވެ. މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި އަދި ހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށްވެސް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު