ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތަކުން ނެރޭ ކުނިވާ ޒާތުގެ ކުނި އެޅުމަށް އިތުރު ޑަސްބިންތަކެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބަހައްޓައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ އިތުރު ޑަސްބިން ބެހެއްޓީ ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ އިތުރުން، އެ ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުންކަމަށެވެ.

އެޗްޑީސީން މީގެކުރިންވެސް ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ކުނިވާޒާތުގެ ކުނި އެޅުމަށް ޚާއްސަ 30 ޑަސްބިން ބަހައްޓާފައެވެ. ނަމަވެސް އެ ޑަސްބިންތައް ފުރި، ޑަސްބިނުން ބޭރުގައިވެސް ކުނި ބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.



އެޗްޑީސީން ބުނީ މި ޑަސްބިންތަކަށް އެއްކުރާ ކުނި، ވެމްކޯއިން ކޮންމެ ދުވަހަކުވެސް އަންނަނީ އުކާލަމުންކަމަށެވެ.

އެޗްޑީސީން ވަނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ޓަވަރަކާއި އެންމެ ގާތް ސަރަޙައްދެއްގަ ބަހައްޓާފައިވާ ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް އަންގާފައެވެ. މި ސަރަޙައްދުތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން މެންދުރު 12:00އާއި ދެމެދުގެ ވަގުތުގައެވެ.



ކިޔުންތެރިންގެ ހިޔާލު