މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން އިންޑިއާާއިން މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދަށް 14 ދުވަސް ކޯޓުން ޖަހައިފިއެވެ.
އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާ އިންޑިއާ އިމިގްރޭޝަނުން ހައްޔަރުކުރީ މިމަހުގެ 12 ވަނަ ދުވަހު ކޮޗިން އެއަރޕޯޓުންނެވެ. ނަމަވެސް އޭނާއަށް ފުލުހުން ތުހުމަތު ކުރަނީ މީގެކުރިން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސައްކަތްތަކެތީގެ މައްސަލައެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮޗިނުން ހައްޔަރުކޮށްގެން އިންޑިއާގައި ނާކޮޓިކްސް ބިއުރޯގެ ބެލުމުގެ ދަށުން އޭނާ ގެންދިޔައީ މުމްބާއީއަށެވެ. އަދި އޭނާގެ ބަންދަށް ވަނީ 14 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިކަމަށް އާއިލާއިން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އިންޑިއާގައި ހުންނަ ރާއްޖޭގެ އިދާރާތަކުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަަމަށެވެ.
ހައްޔަރުކޮށްފައިވާ އަންހެން މީހާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިއީ ބަޔަކު ރާވައިގެން ރަޝީދާއަށް ގެއްލުންދިނުމުގެ ބޭނުމުގައި ކޮށްގެން އުޅޭ ކަމެއް ކަމެކެވެ. އަދި ރަޝީދާއަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އޮންލައިންކޮށް ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވިޔަފާރިކުރަމުން އަންނަ މީހެއްކަމަށް އާއިލާއިން ބުނެއެވެ.
ރަޝީދާގެ އާއިލާއިން ބުނާގޮތުން މިދިޔަ ޑިސެމްބަރުމަހު އޭނާ އިންޑިއާއިން ދިއުމުން މާލެ ގެންނަން ފޮށިގަނޑުތަކެއް ބަޔަކު ހަވާލުކުރަން އުޅުނުކަމަށާއި، ނަމަވެސް އެކަމާއި އޭނާ ދެކޮޅު ހެދި ކަމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު ކޮޗިން އެއަރޕޯޓުން ރަޝީދާ ހައްޔަރުކުރިއިރު އޭނާ އަތުން ގާނޫނާއި ހިލާފު އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އިންޑިއާގެ ފުލުހުން އޭނާ ހައްޔަރުކުރީ، ރާއްޖެ ފޮނުވަން ބަޔަކު މަސައްކަތްކުރި މަސްތުވާތަކެތި ހުރި ފޮށިގަނޑެއްގައި އޭނާގެ ނަމާއި އެޑްރެސް އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު