ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން، 7 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ޅ. ހިންނަވަރު، ށ. މިލަންދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ލ. ގަން އަދި ގއ.ވި ލިނގިލިގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށެވެ. މިރަށްތަކުގައި ޖުމްލަ 720 ހައުސިންގ ޔުނިޓް އަޅާނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ހައުސިންގ ޔުނިޓް އެޅުމުގެ ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުންރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ.
މި މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް، މިލަންދޫގައި 50 ހައުސިންގ ޔުނިޓް،، ހޮޅުދޫގައި 30 ހައުސިންގ ޔުނިޓް،، މަނަދޫގައި 40 ހައުސިންގ ޔުނިޓް،، ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް، ލ. ގަމުގައި 100 ހައުސިންގ ޔުނިޓް އަދި ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދަވާކަމަށެވެ. މީގެ ތެރެއިން 8 ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނައިފަރު ކައުންސިލާ ހަވާލުކުރި 100 ހައުސިންގ ޔުނިޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެކެވެ. މި މަސްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 1000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ.

ކިޔުންތެރިންގެ ހިޔާލު