ކޮވިޑަށް ޕޮޒިޓިވްވި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނައަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފި އެވެ.

އިނގިރޭސި ރާނީ ކުއީން އެލިޒަބަތަށް ކޯވިޑަށް ޕޮޒިޓިވްވިކަން ގަނޑުވަރުން މިއަދު ވަނީ އާންމުކޮށްފައެވެ.

ރާނީ އެލިޒަބަތަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ސާލިހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާނީ އެލިޒަބަތު ކޯވިޑަށް ޕޮޒިޓިވްވުމުން ހިތާމަކުރައްވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހިރައްޔިތުން އެދެނީ ރާނީ އެލިޒަބަތަށް ފުރިހަމަ ސިއްހަތަކާއި އަވަސް ޝިފާއަކަށްކަމަށް ޓްވީޓްގައިވެއެވެ.



ބަކިމްހަމް ގަނޑުވަރުން ބުނީ އުމުރުފުޅުން 95 އަހަރުގެ ރާނީގެ ކިބައިން ފެންނަނީ އާދައިގެ އަލާމާތްތަކެއްކަމަށެވެ. ނަމަވެސް ސިއްހީ މާހިރުންގެ އިރުޝާދާއި ކަމާއި ބެހޭ ގޮތުން ގައިޑްލައިންތަކަށް ރާނީ އަމަލުކުރައްވާނޭކަމަށްވެސް ގަނޑުވަރުން ބުނެއެވެ.

ރާނީ ކޯވިޑަށް ޕޮޒިޓިވްވިޔަސް އެކަމަނާގެ ޝެޑިއުލްގައިވާ ކަންކަމުގެ ތެރެއިން ލުއިކޮށް ކުރިއަށްގެންދެވޭނެ ކަންކަމުގެ އެކަމަނާ ބައިވެރިވެވަޑައިގަންނަވާކަމަށް ބަކިހަމް ޕެލަސްއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


4

އިބްރާހީމ

21-Feb-2022

ލޯބޯކޮށި މުސްކުޅިއަކު ހެލްތައް ލައިގެން ދިވެހިންތައް މަރުވެ ހުސްވާއިރިވެސް ރާނީއަށްތަ ޝިފާއަށް އެދެންވީ