ވެރިކަންކުރާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި ޑެޕިއުޓީ ލީޑަރުކަަމަށް ވާދަކުރަށްވައި ވޯޓް އެއްވަރުވި ދެ ބޭފުޅުންގެ މެދުގައި ބާއްވާ ވޯޓްލުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިހާބުގައި ޑެޕިއުޓީ ޕީޖީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކުރަންޖެހޭއިރު، 3 ބޭފުޅަކު އެ މަގާމަށް ވާދަކުރެއްވިއެވެ. އެއީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ)، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.

މީ ބޭފުޅުންގެ ތެރެއިން ބިގޭ ވަނީ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެފައެވެ. ނަމަވެސް އިލްޔާހާއި އަނދުން ހުސައިންގެ ވޯޓް އެއްވަރުވުމުން، ޑެޕިއުޓީ ޕީޖީ ލީޑަރުގެ އެއް ގޮނޑި އަދި އޮތީ ހުހަށެވެ.

އެމްޑީޕީން ބުނީ ޕީޖީ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް ތިރީސް ހަތަރު ވޯޓުން އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި މިމަހުގެ 28 ވަނަ ދުވަހު ވޯޓްލުން އޮންނާނެކަމަށެވެ. ވޯޓްލުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 2:00 އިން 4:00 އަށެވެ.

ޖުމުލަ 65 މެންބަރުން ތިއްބަވާ އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ހުކުރުދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް އިންތިހާބުވެވަޑައިގަތީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާއާ ވާދަކުރެއްވީ މިހާރުވެސް އެ މަޤާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އަސްލަމަށް 40 ވޯޓު ލިބިވަޑައިގެންނެވިއިރު އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު


9

ޥިލù

22-Feb-2022

ތި ލަބީބު ހުޅުމާލެއިން ތިން ގޯރިގަނެ ފލްެޓް ގަނެ އަދި ހަތަރުވަނަ ބިން ގަންނަން އެ ދުވަނީ ސ. ހިތަދޫ އަޑުފޮށި ލަބީބުއަތުން ހޯދި ލާރިންބާ