އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޑޫ ސިޓީގައި އައު ޑިޕާޓްމެންޓެއް ގާއިމްކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އައްޑޫ ސިޓީގައި ޤާއިމްކުރި ޑިޕާޓްމަންޓަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީކަންކަން ބަލަހައްޓާ އިންފޮމޭޝަން ސިސްޓަމްތައް އޮޑިޓްކުރުމަށްޓަކައި ޤާއިމްކުރި ޑިޕާޓްމަންޓެކެވެ.

އިންފޮމޭޝަން ސިސްޓަމްތައް އޮޑިޓްކުރުމަށްޓަކައި ޤާއިމްކުރި ޑިޕާޓްމަންޓް ހުޅުވުމަށް އައްޑޫ ސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ.

މޭޔަރުގެ ވާހަކަފުޅުގައި ލާމާރުކަޒީ ޤާނޫނުގެ ދަށުން ފުރިހަމައަށް ހިދުމަތް ދިނުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންވެސް ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.



މި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ދެއްކެވި ވާހަކައިގައި ދައުލަތުގެ އާމްދަނީ، ޚަރަދު، މިލްކިއްޔާތާއި ދަރަންޔާބެހޭ އެންމެހާ ރެކޯޑްތައް ބަލަހައްޓަމުންދާ ސިސްޓަމްތަކުގެ ޑޭޓާ އިންޓެގްރިޓީ، ސިސްޓަމް ކޮންޓްރޯލްތަކާއި އެސިސްޓަމްތަކުން ޖެނެރޭޓްކުރާ ރިޕޯޓްތަކުގެ ސައްޙަކަން ދެނެގަތުމަށްޓަކައި އެސިސްޓަމްތަކުގެ އޮޑިޓްތައް މިއަދު ކުރަންޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.

އިންފޮމޭޝަން ސިސްޓަމްތައް އޮޑިޓްކުރުމަށްޓަކައި އައްޑޫ ސިޓީގައި ޑިޕާޓްމަންޓެއް ޤާއިމްކޮށްފައިވާއިރު 2015 ވަނަ އަހަރުގައި އައްޑޫ ސިޓީގައި ދެކުނު ސަރަހައްދީ އޮފީހެއްވެސް އޮޑިޓަރ ޖެނަރަލް އޮފީހުން ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައިވެސް ސަރަހައްދީ އޮފީހެއް ހުރެއެވެ.



ކިޔުންތެރިންގެ ހިޔާލު