އިސްލާމުންނަށް އަނިޔާކުރާ މީހުންނާ ގުޅުން ބާއްވާ މީހުންގެ އަޤީދާއާމެދު ޒައިދު ސުވާލު އުފައްދަވައިފިއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި އިސްލާމުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ޒައިދު މިފަދަ ސުވާލެއް އުފައްދާފައި މިވަނީ ހާއްސަކޮށް އިންޑިއާގައި ބުރުގާ އަޅާ މުސްލިމް އަންހެން ދަރިވަރުންނާ ދެކޮޅަށް ހިންގާ ފުރައްސާރައިގެ އަމަލުތައް މިފަކަށް އައިސް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.



ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ އިސްލާމް ދީނަށް އިހްތިރާމްނުކުރާ، އިސްލާމުންނަށް އެއްވެސް ސަބަކަކާއި ނުލައި އަޒާބު ދައްކައި ހަދާ ބަޔަކާއި، ކޮނޑާ ކޮނޑު ޖައްސައި މައްސަލައެއްނެތް ކަމަށް ހެދިގެން، ކަމެއް ނުވާކަމަށް ހެދިގެން މުސްލިމަކަށް ހުރެވޭނަމަ އޭނާގެ އަގީދާ ހަރުދަނާކުރަންޖެހޭނެ ކަމަށެވެ.



އިންޑިއާގައި ބުރުގާ އަޅާ އަންހެނުންނާއި ދެކޮޅަށް ގިނަ ޖަރީމާތަކެއް ހިންގަމުންދާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް މީހުންގެ ތެރެއިން އެކަމާއި ދެކޮޅަށް އެއްޗެކޭ ބުނަނީ މަދު މީހެކެވެ. އަދި ކަމުވޮށިގެންވާ ގިނަ މީހުން މިމައްސަލައިގައި އެއްވެސް ބަހެއް ނުބުނާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު