ރާއްޖޭގައި މަސައްކަތްކުރަން ގެންނަ ބިދޭސީންގެ ފަރާތުން ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާގެ ތެރެއިން 549 މިލިއަން ރުފިޔާ އަނބުރާ ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިން ބިދޭސީންގެ އަތުން ސަރުކާރަށް ނަގާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް، އިކޮނޮމިކް މިނިސްޓްރީން 2019 ވަނަ އަހަރު ފަށާފަވާ ކަމަށެވެ. އެގޮތުން ޑިޕޮސިޓް ފައިސާގެ މިހާތަނަށް 549,241,703 ރުފިޔާ އޭގެ ހައްގުވެރި ފަރާތްތަކާއި ހަވާލު ކުރެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިން ބަލައިގެންފައިވާ ފައިސާގެ އިތުރުން، ބިދޭސީންގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް އެކި ދުވަސްވަރު ދައްކާފައިވާ ޑިޕޮސިޓް ފައިސާވެސް، އޭގެ ހައްގުވެރި ފަރާތްތަކަށް ރީފަންޑް ކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ. އެގޮތުން އެކި އެކި އިދާރާތަކަށް ދައްކާފައިވާ ފައިސާގެ ތެރެއިން ރީފަންޑް ކުރަންޖެހޭ ޑިޕޮސިޓް ފައިސާގެ މަޢުލޫމާތު ރީފަންޑް ކުރުމަށް އެދޭ ފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން، އެފަރާތްތަކުގެ މަސައްކަތަށް ބިދޭސީން ރާއްޖެ ގެނައުމަށް ދައްކާފައިވާ ޑިޕޮސިޓް ފައިސާގެ ރިފަންޑް ބޭނުންވާނަމަ 20 ފެބްރުއަރީ އިން 20 ޖޫންގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޑިޕޮސިޓް ފައިސާ ރީފަންޑް ކޮށްދިނުމަށް އެދި ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު