ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ބުނެ ސްޕްރީމް ކޯޓުގެ ނިންމުންތަކަށް ގޮންޖަހައި އެ ކޯޓު އުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނުމަށްފަހު، ޖޭއެސްސީން އެނިންމުން ބަދަލުކޮށްފިއެވެ.
ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ސައްހަކަމަށް ކަނޑައެޅިނަމަވެސް، އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
އެހެންކަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ޖޭއެސްސީން އިއްޔެ ބުންޏެވެ.
ނަމަވެސް ޖޭއެސްސީން މިހާރު ވަނީ އެކަމާއި ގުޅޭގޮތުން ނެރުނު ބަޔާން ބަދަލުކޮށްފައެވެ. ކުރިން އެ ބަޔާނުގައި އޮތީ "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ."
ނަމަވެސް ޖޭއެސްސީން ރޭގައި ވަނީ އެ ބަޔާން ބަދަލުކޮށްފައެވެ. ބަޔާން ބަދަލުކުރުމަށްފަހު ޖޭއެސްސީން ބުނީ "މުރާޖާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމާ މެދު އިތުރަށް ކުރަންޖެހޭ މަޝްވަރާތައް މިދަނީ ކުރަމުން" ކަމަށެވެ.
ސުޕްރީމް ކޯޓަށް ގޮންޖަހައި ގަދަ ބަސް ބުނުމަށްފަހު ޖޭއެސްސީގެ ނިންމުން ބަދަލުކުރީ ކީއްވެކަމެއް ނޭނގޭއެވެ. މިކަމާއި ގުޅޭގޮތުން ޖޭއެސްސީން ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.
2012 ވަނަ އަހަރު ޤާއިމްކުރި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ސައްހަކަމާމެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދިނަމަވެސް، އެ ކޯޓުގެ ސައްހަކަމާއިމެދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ވަނީ ގޮތެއް ކަނޑައަޅުއްވާފައެވެ. 2012 ވަނަ އަހަރު ކޯޓުން ކުރި ހުކުމުގައިވެސް ވަނީ އެ ކޯޓުގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު