އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ވެކްސިންއާއި ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމްއާއި މަޝްވަރާކުރައްވައިފިއެވެ.
'އިން ކޮންވަޒޭޝަން'ގެ ނަމުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ބޭއްވި މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ބާއްވަވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ.
ވަރޗުއަލް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސްވަނީ ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި، ހުރި ދަތިތަކާ އަދި ހާސިލްކުރަންބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން އދ.ގެ އާއްމު މަޖިލީހުގެ ރައީސަށް މައުލޫމާތު ދެއްވާފައެވެ.
މިގޮތުން 2021ގެ ނިޔަލަށް ކޮވެކްސް ވެކްސިން މަޝްރޫއުގެ ތެރެއިން 1 ބިލިޔަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމާއި، ގްލޯބަލް ހެލްތް އިމަޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއު.އެޗް.އޯ.ގެ ޓާގެޓަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ޖަހާ ނިންމުން ކަމުގައި ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ ވެކްސިން ގެޕް ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމާއި، މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ފޯރުކޮށްދިނުން ކަމުގައެވެ.
ޑަބްލިއު.އެޗް.އޯއިން ދަނީ ގައުމުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކުން އަރައިގަނެ ވެކްސިން ފޯރުކޮށްދިމުގެ މަސައްކަތް ކުރަމުންކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. އަދި، ވެކްސިންގެ އިތުރުން ގައުމުތަކަށް ކޮވިޑް-19 ޓެސްޓްކުރުމާއި ފަރުވާދިނުމުގެ އިންތިޒާމްވެސް ހުންނަން ޖެހޭކަމުގައި ޓެޑްރޮސް ފާހަގަކުރެއްވިއެވެ.
މިހެންވެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކޮވިޑް-19އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތް ނިމުމަކަށް ގެނައުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން "އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓަރ"އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު