ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމްކޮށް، އިންޓަނެޓް އެކްސްޕޯޓްކުރާ ޤައުމަކަށް ރާއްޖެ ހެދިދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަބްމެރިން ކޭބަލްއާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުންކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މި ކޭބަލް އެޅިގެން ދިއުމާއެކު ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ ސަބްމެރިން ކޭބަލްއާއެކު ރާއްޖެ ކޮމިއުނިކޭޝަން ހަބަކަށް ހަދައި އޭގެ ފުރިހަމަ ފައިދާ ނެގުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.
"އައިސީޓީ ދާއިރާގައި އަޅުގަނޑުމެން މިވަސީލަތް ބޭނުން ކުރާނީ އައިސީޓީ އެކްސްޕޯޓު ކުރުމުގައި ރާއްޖެ ތަފާތުވާ ސަބަބެއް ގޮތުގައި. އަޅުގަނޑުމެންނަށް މި ލިބުނު އައު ޤުދުރަތީ ވަސީލަތް ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޭނުންކުރުން މުހިންމު." ފައްޔާޒު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ ކެބަލް އެޅުމުގެ މަސައްކަތްކުރާ ސަރުކާރުގެ އޯޝަން ކަނެކްޓް މޯލްޑިވްސް ކުންފުނިން ސިނާޢަތުގެ ވާދަވެރި ވިޔަފާރިއަކަށްވުމުގެ ބަދަލުގައި މަސައްކަތްކުރާނީ މިހާރު ރާއްޖޭގެ އިންޓަނެޓް ޙިދުމަތްދޭ ފަރާތްތަކަށް މިހާރު އެފަރާތްތަކުން އިންޓަނެޓް ޙިދުމަތް ގަންނަ އަގަށްވުރެ ކުޑަކޮށް އިންޓަނެޓް ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގައި މިހާރު އިންޓަނެޓް ފޯރުކޮށްދެނީ ދިރާގާއި އުރީދޫއިން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން އަޅާފައިވާ ސަބްމެރިން ކޭބަލަކުންނެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް 3 ސަބްމެރިން ކޭބަލެއް ވަނީ އަޅާފައެވެ. ކޭބަލް އެޅިނަމަވެސް ދިރާގާއި އުރީދޫގެވެސް އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ދަށްވެފައި ޚިދުމަތުގެ އަގު އިންތިހާއަށް ބޮޑުކަމުން އެކަމުގެ ޝަކުވާތައް އާންމުން ދަނީ އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު