ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމް އައްޑޫ ސިޓީގައި ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފިއެވެ.

މިމަސައްކަތް ރަސްމީކޮށް އިފްތިތާހުކުރީ އައްޑޫ ސިޓީ ގަމު އީކުއެޓަރ ވިލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއާއެކު އައްޑޫ ސިޓީ ވެގެންގޮސްފައިވަނީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަންނަ ނިޒާމް ޤާއިމް ކުރެވޭ ފުރަތަމަ ރަށަށްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި އައްޑޫސިޓީގައި އެއަރ މޮނީޓަރިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއައީ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.



ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 9 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރަން ވަނީ ހަމަޖެހިފައެވެ. އެއީ މިއަދު މަޝްރޫއު ފެށި އައްޑޫ ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.

ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރެއް އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ އަހަރު އެންވަޔަރަމަންޓް މިނިސްޓްރީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް