ހައިކޯޓުން ކޮށްފައިވާ އަމުރެއް ސަސްޕެންޑްކުރުމަށްފަހު މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުނު އަމުރާ ގުޅިގެން އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) އަށް ހުށައެޅުމަށް ނިއްމައިފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާއަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.
ބަންދު މުރާޖައާކޮށް ނިންމި ގޮތުގައި ރުޝާންގެ ބަލިހާލަތާއި ގުޅޭގޮތުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ވަނީ، ޑިސެމްބަރު 16، 2020 އިން ފެށިގެން ބޮލަށް އެނބުރުން އަރައި ގޮޅިތެރެއަށް ވެއްޓުމާއި 2020 އޮކްޓޯބަރު މަހުން ފެށިގެން އަތްތިލަ އައްސިވުމާއި ގައިގެ އެއްފަޅި އައްސިވަމުން ދިއުމުގެ ޝަކުވާ ކޮށްފައިވާކަން އެނގެން އޮންނަ ކަމަށާއި ޑިސެމްބަރު 2021 ގައި ހެދި ޓެސްޓުން އޭނާގެ ކަންފަތުގެ އަޑުއިވުމަށް ގެއްލުންވެފައިވާކަން އެނގޭކަމަށެވެ. އަދި ރުޝާންގެ އެމްއާރްއައި ސެޕްޓެމްބަރު 11، 2021 ގައި ހެދުމަށް ފަހު އިރުޝާދުދިން ގޮތަށް އީއެންޓީ ޑޮކްޓަރަށް ނުދައްކާ ހުރުމަށްފަހު ނޮވެމްބަރު 2، 2021 ގައި އީއެންޓީ ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހުކުމުގައިވެއެވެ.
އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއިއެކު އެވެ. އޭގެތެރޭގައި ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު ކުށެއް ނުކުރުމަށާއި، ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މައްސަލައިގައި ހެކިބަސްދިން އަދި ދޭންތިބި އެއްވެސް ފަރާތަތަކާ ބައްދަލުނުކުރުމަށާއި، ފޯނުން ނުވަތަ އެނޫން ގޮތަކުން ނުވަތަ މީހަކު މެދުވެރިކޮށްވެސް ވާހަކަ ނުދެއްކުން ނުވަތަ މުއާމަލާތު ނުކުރުމާއި އަދި އެފަދަ ކަމަކަށް މަސައްކަތް ނުކުރުމުގެ އިތުރުން ރޭގަނޑު 00:00 އިން ފެށިގެން ހެނދުނު 06:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުމާއި ރާއްޖެއިން ބޭރަށް ނުދިއުން ހިމެނެއެެވެ.
ބަންދުކޮށްފައި ހުންނައިރު ބައްޔެއްވުމުން އެބަލީގެ ސަބަބާއި ފަރުވާ، ކަމާގުޅޭ ޑޮކްޓަރެއްގެ ފަރާތުން އޭނާއަށް ދެނެގަތުމަށް 1 އަހަރު ހޭދަވުމަކީ އިހުމާލެއް ކަމަށް ވެސް ހުކްމުގައި ވަނީ ފާހަގަކޮށްފައެެވެ.
"ހައި ކޯޓުގެ ގަޒިއްޔާއިން (ގަޒިއްޔާ ނަންބަރު) ނިންމާފައިވާ ނިންމުން މިއަދުން ފެށިގެން 90 ދުވަހަށް ސަސްޕެންޑްކޮޮށް، މި މުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ." އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ހުކުމްގައިވެއެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫންކަމަށެވެ. އަދި މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާ ވެސް ކުރާނެ ކަމަށް ޝަމީމް ވިދާޅުވިއެެވެ.
އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިގޮތަށް އަމުރު ނެރުނު ނަމަވެސް ކޯޓުތަކާއި ބެހޭ ގާނޫނުގައި ބުނާގޮތުން ހައިކޯޓުގެ އަމުރަކަށް ބަދަލު ގެނެވޭނީ ހަމައެކަނި ސްޕްރީމް ކޯޓަށެވެ. މަތީ ކޯޓުގެ ނިންމުންތަކާ އެއްގޮތަށް އަމަލުކުރުމަށް ކޯޓުތަކާއިބެހޭ ގާނޫނުން ވަނީ ދަށު ކޯޓުތަކަށް ލާޒިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު