ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއާއި ސަރުކާރާއި އޮތް ގުޅުން ރަނގަޅު ނޫން ކަމަށާއި، އެ ގުޅުން ރަނގަޅު ކުރެވޭނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ކަަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ވެެރިކަން ކުރާ މައިޕާޓީ އެމްޑީޕީއާއި ސަރުކާރާއި ދެމެދު އޮތީ ރަނގަޅު ގުޅުމެއް ނޫން ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީއާއި ސަރުކާރާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށާއި އެގުޅުން ރަނގަޅުކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަގުފަހިކުރުމަށް މިނިސްޓަރ ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ކުރަންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެެވެ.
"އެމްޑީޕީ ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިވާންޖެހޭނީ، މައްސަލަތަކެއް ހުރި ކަމަށް ވައްޏާ އެކަންކަން ހައްލު ކުރަން ރައްޔިތުންގެ ޚިޔާލުތަކާއި ޕާޓީގެ މެމްބަރުންގެ ހައިސިއްޔަތުން އަންނަ ޚިޔާލުތަކާއި އެއްޗެހި ކެބިނެޓާ ރައީސާއި ހަމަޔަށް ގެންގޮސް އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީ،" ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ކޮރަޕްޓް ބޭފުޅެއް ނޫން ކަމަށާއި، އެެއީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކެއް ކަމަށެވެ. މިނިސްޓަރު ފައްޔާޒަކީ މިހާތަނަށް ހަވާލު ކުރެއްވި ކޮންމެ ކަމެއްގައި ވެސް ނަތީޖާ ނެރެދެެއްވާފައިވާ ބޭފުޅެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
"މިސާލަކަށް މިިނިމަމްވޭޖް އޭގެ ނަތީޖާ ފަޔާ ހަމަ ނެރުއްވި، މިނިސްޓަރު މަލީހު ހަވާލުވެގެން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގައި ހުންނަވައިގެން އެ ހުރިހާ ދުވަހަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އިންޓަނެޓް އަގު ހެއު ކުރުމުގެ ކަންތައްތައް ނުވެގެން ދިޔަތަން، އެހެން ނަމަވެސް ވަގުތީ ގޮތުން ދުވަސްކޮޅަކަށް ފަޔާ އެ މިނިސްޓްރީއާއި ހަވާލުވީމަ އެތަނުން ނުކުމެވަޑައިގެންނެވީ އިންޓަނެޓް އަގު ހެއުކުރުމުގެ މަސައްކަތް ކޮށް ނިންމަވާފަ." މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރެއްވި ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.
އަންނަ އޭޕްރީލްމަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް ވާދަކުރައްވައެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކުގައެވެ. މިނިސްޓަރ ފައްޔާޒު ނުކުމެވަޑައިގަންވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ. އެހެންކަމުން ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތައް ވެސް ފެންނަނީ ދެބަޔަށް ބެހެމުންދާ މަންޒަރެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު