މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް އެކަން އުވާލައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް މިރޭ ނެރުނު އިއުލާނެއްގައެވެ.
މާލެއިން ރަށްރަށަށް ދާނަމަ ޕީސީއާރު މަޖުބޫރުކޮށް ކޮވިޑް-19 އިން ދިފާއުވުމަށް އެކުލަވާލާފައިވާ އުސޫލު ހަރުކަށި ކުރީ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.
އެޗްޕީއޭއިން މިރޭ ބުނެފައިވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން މިރޭވަނީ މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިންވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް ވެސް އުވާލާފައެވެ. ނަމަވެސް ކުރިއަށް އޮތްތާވެސް އެއްވުންތަކާއި ހަފްލާތައް ބާއްވަން ވާނީ އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އަދި ކުޅިވަރު މުބާރާތަކަށް ކުޅި ބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުންވެސް މިރޭ ވަނީ އުވާލާފައެވެ. ނަމަވެސް އެފަދަ މުބާރާތްތައް އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ބޮޑެތި ލުއިތަކެެއް ދީފައިމިވަނީ ދެ މަހެއްހާ ދުވަސް ވަންދެން ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމަށް ފަހު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށައް ދާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މާލެ ސަރަހައްދުގެ ޕޮޒިޓިވް ނަންބަރު ސަތޭކައިން ދަށުގައި ހުރިިއިރު އަތޮޅުތަކުގެ ނަންބަރުތައް ހުރީ 500އިން މަތީގައި ކަން އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބު ތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު