ދިވެހި ބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ ދިވެހި ބަހަކީ ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް ހަދަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުޑައިރުއްސުރެ ދަރީންނާ ދިވެހި ބަހުން ވާހަކަދައްކަން މައިންބަފައިން ސަމާލުކަން ދިނުމާއި އެކި އުމުރުފުރާގެ ކުދިން ކިޔާނެ ފޮތްތައް ތައްޔާރުކުރަން ޖެހޭކަން މިނިސްޓަރު ޔުމްނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޓީވީ ރޭޑިއޯ ޕްރޮގުރާމްތަކާއި ތަފާތު ކުޅިވަރުތައް ތައްޔާރު ކުރުމާއި އެޕްތައް ތައްޔާރު ކުރަންޖެހޭ ކަމަށާއި އަދި ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުދިން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހި ބަސް ކިޔަވައިދޭން ޖެހޭ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވި އެވެ.
"ދިވެހި ބަހަކީވެސް ބަހުރުވަތަކުން މުއްސަނދި ބަހެއް ނަމަވެސް، ތަޢުލީމު ދިނުމުގައްޔާއި އާންމު ދިރިއުޅުމުގައި އެ ބަހުރުވަތައް ބޭނުންކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން މިއަދު ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން މަދުކަމީ، ނުވަތަ ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން ނެތްކަމީ ހިތާމައާއި އެކު ފާހަގަކުރަން ޖެހޭ ކަމެއް." ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާން ނެތުމަކީ ހަމައެކަނި މުޢާމަލާތުކުރުމުގެ ވަޞީލަތެއް ގެއްލުމެއް ނޫން ކަމަށާއި ބަހަކީ އިންސާނާގެ ވިސްނުމާއި އަމިއްލަވަންތަކަން ބައްޓަންކުރާ އެއްޗެއް ކަމަށެވެ. އަދި އެއީ އެ އިންސާނާއާއި އޭނާގެ މުޖުތަމަޢުގެ ތާރީޚާއި ސަގާފަތާއި އާދަކާދައާ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށްވެސް ޔުމްނާ ވަނީ ފާހަގަަކުރައްވާފައެވެ.
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މި ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް،" މި ޝިއާރެެވެ.

ކިޔުންތެރިންގެ ހިޔާލު