ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގެ ވާހަކަ ދެެއްކޭ ވަރަށް ވުރެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހާލު ދެރަ ކަމަށް މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެެ.

ޝިފާ މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝިފާ މުހައްމަދު ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ވާހަކަ ދެއްކޭ ވަރަށްވުރެ އެމްޑީޕީގެ ބައެއް މެމްބަރުންގެ ހާލު ދެރަވެއްޖެ ކަމަށެވެ. އެމްޑީޕީގެ އިންތިޚާބާ ދިމާކޮށް ބާރާ ނުފޫޒުގެ ވާހަކަ ވަރަށް ބާރަށް ދައްކަން ފަށައިފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.



"އެހެން ނަމަވެސް ތިޔަ ބުނާ ހުރިހާ އެއްޗަކާއި ދެކޮޅަށް މަސައްކަތް ކޮށްގެން އެމްޑީޕީވެސް ވަނީ ކާމިޔާބުކޮށްފައި،" ރައީސް ޔާމިންގެ ބާރުވެރި ސަރުކާރު ބަލިކޮށް 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ހޯއްދެވިކަން ފާހަަގަކުރައްވަމުން ޝިފާ ވިދާޅުވިއެވެެ.

އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާމަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކުގައެވެ. އިކޮންމިކް މިނިސްޓަރ ފައްޔާޒު ނުކުމެވަޑައިގަންނަވަނީ ރައީސް ޞާލިހުގެ ފަޅިންނެވެ. އެހެންކަމުން ދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތައް ވެސް ދެބަޔަށް ބެހެމުންދާއިރު ކެމްޕޭންގެ ފޯރި ވެސް ވަނީ ވަރަށް ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


13

ބޭބެ

24-Feb-2022

2018 އިގެ ިނތިިޚާބުގެ ވާހަކަ ދައްކަން ޝިފާ ލަދުގަންނަން ޖެހޭ އެއިނތިޚާބު ކާމިޔާބު ކުރީ މުޅި ޤައުމު އިންޑިޔާ އަށް ވިޢްކާފަ ގެނައި ލާރިން, އިލެކްޝަންސް ކޮމިޝަނާި ރައްޔިތުންގެ ތެރެއިން, ވޯޓްވިއކާލި އެންމެންގެ ވޯޓް ގަނެގެންކަން,ސިއްރުކުރްނަ ކިތަންމެ އުޅުނެއްކަމަކު ރައްޔިތހުންނަށް އެކަން ސިއްރެއް ނުކުރެވެޔނެ



ފަހުގެ ލިޔުންތައް