ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މީހުން ބިނާކުރުންކަމަށެވެ.
އޭގެ ތެރެއިން ވެސް ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެނީ ވެސް އެ ބޭނުމުގައިކަން ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަމަށެވެ. އެ ވަޒީފާ ތަކަށް ބޭނުންވަނީ ދިވެހިން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"މިސާލަކަށް، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ ޢާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުން. ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައްވެސް ކުރިއަށް އެބަދޭ. ރަށްރަށުގައި ޤާއިމުކުރާ ފެން އުފައްދާ ޕްލާންޓްތައްވިޔަސް، މިހިރީ ހައްތަހާވެސް ފަންނީ ވަޒީފާތައް އުފެދޭނެ ކަންތައްތައް. މި ތަންތަނަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދަރިން." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން އަހުމަދިއްޔާ ސުކޫލުން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙު ވިދާޅުވީ ޤައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު ކަމަށެވެ. އަޙްމަދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ މަތީ މަޤާމުތަކާއި، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ އަހުމަދިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުން އިތުރު ޙަރަކާތެއް ނުވަތަ ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ސްކޫލްގައި ނެތުންކަމަށެވެ. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އަލްމަރްޙޫމް ޑީ އަޙްމަދު ދީދީގެ ހަނދާނުގައި ދޭ ޚާއްޞަ އެވޯޑްދެއްވުމާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދިއްޔާ ސްކޫލުގެ "ހަނދާނީ ގެލެރީ" ބައްލަވާލައްވާފައެވެ.

President @ibusolih attends ceremony held to mark 40th anniversary of @Ahmadhiyya_AIS pic.twitter.com/tqag5iDGgt
— The President's Office (@presidencymv) February 21, 2022

ކިޔުންތެރިންގެ ހިޔާލު