އައްޝައިހް އަހްމަދު ސަމީރު: ފޮޓޯ ސަން
އައްޝައިހް އަހްމަދު ސަމީރު: ފޮޓޯ ސަން
ވަތަނުގައި ހައްގުގައި އަޑު އުފުލާމީހުން ޖަލަށް ލާންޖެހޭ ގޮތަށް ބޭރު ޤައުމެއްގެ ނުފޫޒުން ޤާނޫނެއް ހެދުމަކީ އަޅުވެތިކުރުން ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ ވެރިކަން ހޯދައި އެ ވެރިކަން ދަމަހައްޓަން ސިޔާސީ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ރައްޔިތުންނަށް މިހާރު ގަބޫލުކުރެވިފައިވާ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރަމުންދާކަމަށް ރައްޔިތަކަށް ގަބޫލުކުރެވޭ ހާލަތުގައި ވަތަނުގެ ހައްގުގައި އަޑުއުފުލަން ނުކުންނަ މީހާ ގޮޅިއަށް ދާންޖެހޭގޮތަށް ޤާނޫނެއް ހެދުމަކީ އަޅުވެތިކުރުން ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

މީގެއިތުރުން އެފަދަ ޤާނޫނެއް ފާސް ކުރުމަކީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރަން ތެދުވަން ހުރި ރައްޔިތު މީހާގެ ފިޔަ ބިންދާލުންކަމުގައި ނޫނީ ނުވާނެ ކަމަށްވެސް ޝެއިހް ސަމީރު ވިދާޅުވިއެވެ.



ސަމީރު އިތުރަށް ވިދާޅުވީ، މާޒީގައިވެސް ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށާއި އެކަންކަން ގިނަ ފަހަރު ހިިނގާފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ހިޔާނާތްތެރިވުމުން ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކުވެސް އެފަދަ ބާރުތައް ރާއްޖެއިން ފައްސާލާފައިވަނީ ދިވެހި ރައްޔިތުން ނިކުމެގެންކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

ސަމީރު މިހެން ވިދާޅުވެފައިވާއިރު އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ކަމަށްބުނެ އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭން ހުއްޓުވުމަށް ޖަލުގެ ހުކުމް ހިމެނޭގޮތަށް، "ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ" ބިލުގެ ނަމުގައި ވަނީ ބިލެއް ޑްރާފްޓްކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެދުގައި ޚިޔާލު ތަފާތުވުންތަށް ބޮޑުވެ އެބިލް މަޖިލީހަށް ހުށައެޅޭ ގޮތެއް އަދި ނުވެއެވެެ.



ކިޔުންތެރިންގެ ހިޔާލު


5

ފޮޅި

24-Feb-2022

ވަތަނުގެ ހައްގުގަ ނުކުތް ބަޔަކު އަލްގައިދާއަކީވެސް އެމީހުންގެ ފުށުން އަފްގާނިސްތާނުގެ ރައްޔިތުން ނަށް ލިބެމުންދާ ކެކުޅުންތައް ބަލާށެވެ. މިކަލަހަ ޖަމާއަަތަކަށް މިރާއްޖޭގަ ފުރުސަތު ދޭން ބޭނުންވޭތޯ.



ފަހުގެ ލިޔުންތައް