ރާއްޖޭގެ ސިޔާސީ ލީޑަރުން މަސައްކަތް ކުރަނީ އާރާއި ބާރު ހޯދައިގެން ތިޖޫރިއާއި ކައިރީގައި ތިބެން އެކަނި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ތިބީ ދިރިއުޅުމަށް އާމްދަނީ ހޯދަން ސިޔާސީ މަސައްކަތުގައި އުޅުއްވާ "ކެރިއަރ ޕޮލިޓީޝަނުން" ކަމަށެވެ. ގައުމުގައި ހުރި މަސްތުވާތަކެއްޗާއި ކޮރަޕްޝަނާއި ބިދޭސީންގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރަން ސިޔާސީ ލީޑަރުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި، ފެންނަނީ ބާރު ހޯދައިގެން ގައުމުގެ ތިޖޫރިއާއި ކައިރީގައި އުުޅެވޭތޯ ބަލާތަން ކަމަށް އުމަރު ވިދާޅުވިއެެވެ.



"މިހާރު ތިބި ސިޔާސީ މީހުން މަސައްކަތް ކުރަނީ މި މީހުންގެ އަތުގައި އަބަދުވެސް ބާރު ބާއްވައިގެން މީގެ ތެރޭގައި ކޮންމެވެސް އެއްޗެއްގައި ތިބެވޭތޯ. ތިޖޫރިއާއި ކައިރީގައި ތިބެވޭތޯ ގައުމަށް ބަދަލެެއް ގެނެސް ބޮޑެތި މައްސަލަތައް ހައްލު ކުރާކަން އުޅޭ އެއްވެސް މީހަކު އަޅުގަނޑަކަށް ނުފެނޭ." ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ރައްޔިތުންނަށް "ލަނޑު" ދީފި ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައްޔިތުން އިންތިޚާބު ކުރަންވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރާނެ ރައީސެއް ކަމަށް އުމަރު ވިދާޅުވިއެވެ.



"ދިވެހި ރައްޔިތުން 2023 ވަނަ އަހަރު ހަދަންވީ ގޮތަކީ ހުރިހާ މީހުންގެ ތެރެއިން އެންމެ ތެދުވެރިކަމަށް ފެންނަ މީހާ ދޮގު ނަހަދާނެ ކަމަށް ފެންނަނީ ކާކުތޯ ބަލާފައި އެމީހަކަށް ވޯޓް ދީގެން އެފަދަ މީހަކު ހޮވަންވީ، ދޮގު ހެދި މީހުން ފެއިލްވީތާ މިހާރު، އާ މީހަކު ހޮވައިގެން ފެއިލްވަންދެން ދެން ކުރިއަށް ގެންދެވޭނެ ނޫންތޯ؟" އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

މަގޭ

24-Feb-2022

އަހަރެންގެ ހިޔާލަކީ ﷲއައްޓަކާ އަމިއްލައެދުން ދޫކޮއް ތެދުވެރި މީހަކައް ވޯޓުލައިފިއްޔާ އެމީހާ ގެ ބޯޓަކީ ކާމިޔާބު ވޯޓަކައްވާނެކަން.🇲🇻🇲🇻 ް


-5

ހުޝިޔާރު

24-Feb-2022

ޤައުމުގެދެކެލޯބިވާޤައުމަށްހެޔޮއެދޭމީހަކުނަމަޤައުމުގެދިފާޢުގާމަސައްކަތްކުރަންނުނިކުމެހުރެކޮންވާހަކައެއްތިދައްކަނިއުމަރު؛



ފަހުގެ ލިޔުންތައް