އަންނަ ރޯދަމަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވަނީ ސަލްމާން މިސްކިތް ހުޅުވުން ލަސްވެ، އެ މިސްކިތް ހުޅުވޭނެ ދުވަހަކާއި ގުޅޭގޮތުން ގިނަބަޔަކު ސުވާލުކުރަމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.
ކިންގ ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، ހަމައެކަނި މިސްކިތަށް ބޭނުންވަނީ ބައެއް ފަރުނީޗަރެވެ. ކިންގް ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހު ހުޅުވުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ ލަސްވީއެވެ.
ސަލްމަން މިސްކިތް ކުރިއަށް އޮތް ރޯދަމަހަށް ހުޅުވަން ތައްޔާރުވަމުންދާއިރު، ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކިންގ ސަލްމާން މިސްކިތުގައި އަންނަ ރޯދަމަހު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ރޯދަމަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާއިރު، ސަލްމާން މިސްކިތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ފައިސާ ހަމަޖައްސައިފި ކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ.
ސަލްމާން މިސްކިތް ނުހުޅުވި ގިނަދުވަސްވާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ވަނީ މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައި ދެއްވުންއެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް މިދިޔަ ޑިސެމްބަރުމަހު ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެދިފައިވަނީ މިސްކިތް ހުޅުވުމަށް ކުރަންޖެހޭ ޚަރަދުތަކަށް ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދޭނެ ކަމަށް ފޮރިން މިނިސްޓްރީން އަންގާފައިވާތީ، މަސައްކަތް އަވަސްކުރުމަށް ދައުލަތުގެ ބަޖެޓުން މިވަގުތަށް އެ ފައިސާ ހަމަޖައްސައި ދިނުމަށެވެ.
މާލީ ވުޒާރާއިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ފައިސާ ދޫކުރުމަށް ރައީސް އޮފީހުން އެދުމުން އެ ފައިސާ މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ފައިސާ ދޫކުރާނެ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.
6 ފަންގިފިލާއަށް ބިނާ ކޮށްފައިވާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، ދިހަހާސް މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ. ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު