ރާއްޖޭގެ ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޗައިނާއިން މުހިންމު އިސްކަމެއްދޭ ދާއިރާއެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޒީން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ދާއިރާ ތަރައްގީކުރުމަށްޓަކައި ބޭނުންވާ ތަކެތި ހަވާލުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ މިސް ވާން ލީޒީނެވެ.
މިރަސްމިއްޔާތުގައި މިސް ވާން ލީޒީން ވިދާޅުވީ މިއަހަރަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރިގެންދާ އަހަރުކަމަށާއި ފާއިތުވި އަހަރުތަކުގައި ޗައިނާއިން އެކިގޮތްތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މި ގުޅުމުގެ ތެރެއިން ލޯއެންފޯސްމަންޓް ދާއިރާ ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މުހިންމު އިސްކަންދޭ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.
މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހަވާލުކުރާ ތަކެއްޗާއެކު އައިސީޓީޑީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަކޮށް، މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ހިއުމަން ރިސޯސަސް އާއި ކެޕޭސިޓީ އަދި ވަސީލަތްތައް ތަރައްގީކުރުމުގައި ޗައިނާގެ އެހީތެރިކަން ލިބިގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި 2022 އަދި 2023 ވަނަ އަހަރަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައޯރިޓީތައް ކަނޑައަޅާ ނިމިފައިވާކަމަށާއި މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތަށް މިއަދު ލިބިގެންދާ ތަކެތީގެ ސަބަބުން ފައިދާވެގެންދާނެކަމަށެވެ. އަދި ފުލުހުންގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ޗައިނާއިން ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތުގެ އައިސީޓީޑީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށްޓަކައި ހަވާލުކުރި ތަކެތީގެ އަގަކީ 1 މިލިއަން ޔުއާންއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އެޑިޝަނަލް ސެކްރެޓަރީ މުޙައްމަދު ފައިސަލް އާއި ޗައިނާ އެމްބަސީގެ އިސް އޮފިސަލުންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު