ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން ޑައިލިސިސްގެ ޚިދުމަތް ނުފެށިވާ ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް މިއަދު މަޖިލީހުގައި ޖަވާބުދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި، ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެކަމަށެވެ. އަދި ރާއްޖޭގައި ޑައިލިސިސް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ބާކީހުރި ހޮސްޕިޓަލްތަކުގައި މިއަހަރުތެރޭގައި ޑައިލިސްގެ ޚިދުމަތް ފެށޭނެ." ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ގިނަ ބަޔަކު އުޅެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި އެކަނިވެސް ޑައިލިސިސް ހަދާ 150އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އަތޮޅުތަކުގައި ވެސް ގިނަ ބަޔަކު އުޅެއެވެ.
ރާއްޖޭގައި ކިޑްނީ ބަލި އިތުރުވަމުންދާތީ، ކިޑްނީގެ ބަލިތަކަށް ދޭ ފަރުވާގެ ނިޒާމް ރާއްޖޭގައި އަންނަނީ ފުޅާކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗުގައި ވަނީ ނޭޝަނަލް ޔޫރޯ އެންޑް ރީޖަނަލް ފާޓިލިޓީ ސެންޓަރެއް ޤާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު