ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ މިދިޔަ ޑިސެމްބަރުމަހުކަމަށް ކަސްޓަމްސްުން ހާމަކޮށްފިއެވެ.

ދިވެހި ކަސްޓަމުން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް 4.45 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާގޮތުން އެއް މަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވާ މަހެވެ.

2021 ވަނަ އަަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް 4.45 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއީ އޭގެކުރީ 2020 ވަނަ އަހަރާއި އަޅާބަލާއިރުވެސް 78 އިންސައްތަ އިތުރު އަދަދެކެވެ.



ރެކޯޑް އަދަދަކަށް މުދާ އިމްޕޯޓްކުރި މިިދިޔަ ޑިސެމްބަރުމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާ އާއި އޮމާނުންނެވެ.

އެގޮތުން ޔޫ.އޭ.އީއިން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާއިން 504 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 487 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި، މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި، ތެލުގެ ބާވަތްތަކެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން ލިބިފައިވަނީ 364 މިލިއަން ރުފިޔާއެވެ. މިއީ 23 އިންސައްތައިގެ ކުރިއެރުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން