އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އޭސީސީއަށް އައްޔަންކުރަން ރައީސުލްޖުމްހުރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް މަޖިލީހަށް ފޮނުއްވައިފިއެވެ.

އޭސީސީގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރަން މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި މިވަނީ، އެކޮމިޝަނުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީ، ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޭސީސީ އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވާފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންގެ ނަންފުޅުތަކެއްކަމެއް ހާމައެއް ނުކުރައްވައެވެ. ރައީސް އޮފީހުން ވިދާޅުވީ ނަންތައް ހާމަކުރާނީ މަޖިލީހުގެ ތަޅުމުގައިކަމަށެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް 30 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ. އޭގެތެރޭގައި ޓެންޑަ ބޯޑުގައި ކުރިން ހުންނެވި އިސްމާއިލް ޒަރިޔަންދާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާވެސް ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނުގައި އޮންނަ ގޮތުން އޭސީސީގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން، މަޖިލިހުން ރުހުން ލިބުމުންނެވެ.

އޭސީސީގެ ހުރިހާ މެންބަރުން ހުސްވި ޑިސެމްބަރުމަހުގެ ތެރޭގައި އިސްތިއުފާ ދެއްވީ މަޖިލީހުން މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފާސްކުރަން އުޅުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް