ވެކްސިން ފުރިހަމަނުކުރާ މީހުން ޕީސީއާރު ޓެސްޓް ހަދަން ލާޒިމްކޮށް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލިފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އައު އުސޫލެއް އެޗްޕީއޭއިން އާންމުކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ކޮވިޑް ފެތުރެމުންދާތީ މޮނިޓަރިންގައިވާ ރަށްރަށުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިނުވާ މީހުން ދަތުރުކުރާނަމަ އަދިވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ކޮވިޑް-19 ފެތުރެމުގެ ހާލަތު ދެނެގަތުމަށް ރަށްރަށް މޮނިޓަރިންއަށް ގެންނާނެ އުސޫލުތަކާއި ބަލި ދެނެގަތުމަށް އަމަލު ކުރަން ޖެހޭގޮތްތަކެެއް ވަނީ ބަޔާންކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައެޅޭނެ ގޮތާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަންޖެހޭ ގޮތްތައް ވެސް އުސޫލުގައި ވަނީ ހިމަނާފައެވެ.
އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅާނީ ފާއިތުވި އެއް ހަފްތާތެރޭ އެ ރަށުން ނެރޭ ސާމްޕަލްތަކުގެ ޕޮޒިޓިވްވީ ރޭޓް 20 ޕަސެންޓަށްވުރެ ދަށް ނަމަ ކަމަށް އާ އުސޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބަލި ފެތުރޭ ރަށްރަށުގައި އަދިވެސް މާސްކު އަޅަން މަޖުބޫރުވާނެ ކަމަށް އުސޫލުގައިވެެއެެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގައިޑްލައިންތައް އެ ރަށްރަށުގައި ތަންފީޒު ކުރަން ޖެހޭނެ ކަމަަށް އުސޫލުގައި ވަނީ ބުނެފައެވެ.
އަދި ރިސޯޓްތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައްވެސް އާ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
އެޗްޕީއޭއިން އިއްޔެ ވަނީމާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް އެކަން އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު