މިދިޔައަހަރު މެއިމަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު ދިވެހި އަސްކަރިއްޔާ ހަރަކާތްތެރިވަނީ
މިދިޔައަހަރު މެއިމަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު ދިވެހި އަސްކަރިއްޔާ ހަރަކާތްތެރިވަނީ
އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގައި ދިރިއުޅޭ ޓެރަރިސްޓަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެއެެވެ.

އައިއެސް ޖަމާއަތަށް ވާގިވެރިވާ އެމީހާ ރާއްޖެއިން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހުއެވެ. ހައްޔަރު ކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.



ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ ރާއްޖެއިން ހައްޔަރު ކުރި މީހަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕްގައި ނިރުބަވެރި (ޓެރަރިސްޓް) ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުންމަރަން ގޮވާލާފައި ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.



އޭނާ މިކަންތައް ކުރަމުން ގެންދިޔައީ ރާއްޖޭގައި ދިވެހިންގެ ތެރޭގައި އުޅެމުން ކަމަށާއި، މިކަން ކުރަމުންދަނީ 2015 ވަނަ އަހަރުން ފެށިގެން ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

ޓެރަރިސްޓެއް ކަމަށް ބެލެވޭ މިމީހާގެ ހައްޔަރާއެކު ފުލުހުން ވަނީ އެފްބީއައިއާއި، އީޔޫގެ ދެ ގައުމާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ބޮޑު ތަހުގީގެއް ފަށާފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު، ނޫސްބަޔާނެއް މެދުވެރިކޮށް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް