މިއަހަރު ހަރަދު ކުރުމަށް ފާސްކުރި ބަޖެޓުން މި އަހަރުގެ މިހާތަނަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަހުގެ 23 ގެ ނިޔަލަށް ބަޖެޓުން 3،085.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. މި ހަރަދުގެ ތެރެއިން ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސުން ބުނެ އެވެެ.
މިހާތަނަށް ބަޖެޓުން ކެޕިޓަލް އެކްސްޕެންޑިޗާއަށް 699.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ކެޕިޓަލް ހަރަދުގެ ތެރެއިން ތަކެތި ގަންނަން 8.6 މިލިއަން ރުފިޔާ އަދި ބިންތަކާއި އިމާރާތްތަކަށް 233.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓުގެ ގޮތުގައި 295.0 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި އަހަރު ހަރަދު ކުރުމަށް ރައްޔިތުން މަޖިލީހުން ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެެ. ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު