ޔޫކްރެއިންގެ ޚަރްވިކްގައި މިހާރު ތިބި ދިވެހި ފަސް ދަރިވަރުންގެ ހާލަތު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރަޝިޔާއިން މިއަދު ވަނީ ޔޫކްރެއިނަށް އަރައިގަނެ ހަނގުރާމަ ފެށިކަން އިއުލާންކޮށްފައެވެެ. ޔޫކްރޭންގެ ވެރިރަށް ކިއެވާއި ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚަރްކިވާއި އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ރަޝިޔާއިން މިހާރުވަނީ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. ރައްދުގައި ޔޫކްރެއިން ވެސް މިހާރު ވަނީ ރަޝިޔާއަށް ހަމަލާ ދޭން ފަށާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ޚަރްވިކްގައި މިވަގުތު ތިބީ ފަސް ދަރިވަރުން ކަމަށާއި އެ ސިޓީގައި ތިބި އެހެން ކުދިން މިހާރު އެނބުރި އައިސްފައިވާ ކަމަށެެވެ.
ފޮރިން މިނިސްޓްރީއާ ޖަރުމަނުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ދަނީ ޔޫކްރެއިންގައި ތިބި ކިޔަވާ ކުދިންގެ ހާލަތު ވަރަށް ގާތުން ބަލައި، ކަންކުރަންވީ ގޮތްތައް ކިޔައިދެމުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ޔޫކްރޭންގައި ދިވެހި 35 ކިޔަވާ ކުދިން ތިބިއިރު އޭގެތެރެއިން 25 ދަރިވަރަކު އިއްޔެ ރާއްޖެ އަންނަން ފުރާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެެވެ.
މީގެ އިތުރުން އިތުރު 14 ދަރިވަރަކު ޔޫކްރެއިންގެ އުތުރުގެ ހިސާބެއް ކަމަށްވާ އިވާނޯ ފްރޭންކިވްސްގައި ތިބިއިރު، އެހެން ސަރަހައްދެއްގައި އިތުރު ދަރިވަރަކު ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. މި 15 ދަރިވަރުންގެ ހާލަތު ވެސް ގާތުން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު