ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދުކުރުމަށް އައްޑޫ ސިޓީ މަރަދޫ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހިމް ނިންމަވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒްގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި) އެވެ. "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ މަރަދޫ ކުރީގެ ކައުންސިލަރު ފައިސަލް އިބްރާހިމް ވިދާޅުވީ އަންނަ އޭޕްރީލް މަހުބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ތާއިދު ކުރުމަށް ނިއްމަވާފައިވާ ކަމަށެވެ.
އައްޑޫގެ ތަރައްގީއަށް ހިންގަން ނިއްމައިފައިވާ ޕްރޮޖެކްޓްތަކަކީ މިނިސްޓަރު ފައްޔާޒުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ހިންގާ ޕްރޮޖެކްޓްތަކެެއް ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫގައި މިހާރު ކުރިއަށްދާ ތަރައްގީގެ ޕްލޭން ރައްޔިތުންނާއި ހަމަޔަށް ގެނެސްދެއްވުމުގެ މޭސްތިރިއަކީ މިނިސްޓަރ ފައްޔާޒު ކަމަށް ފައިސަލް ވިދާޅުވިއެެވެ.
"އަޅުގަނޑުމެން ކައުންސިލްގައި ތިބިއިރު އައްޑޫގެ ޕްލޭން ހަދައި މިނިސްޓަރ ފައްޔާޒުގެ އަރިހަށް ދިޔައީ، ފައްޔާޒު އެ ބައްލަވާފަ ވަރަށް ބޮޑަށް ހިތްޕުޅާވެ ކުދިކުދި އިސްލާހުތަކެއް ގެެނެސް ޕްލޭނިން މިނިސްޓަރ އަސްލަމަށް ހުށައަޅައި ދެ މިނިސްޓްރީ ތެރޭގައި ވާހަކަ ދައްކަވައި އެއަށްފަހު ކެބިނެޓަށް ހުށައަޅައި ފާސްކުރި ތަރައްގީގެ ޕްލޭން މިހާރު ހިނގަމުން މިދަނީ." ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ފައްޔާޒަށް ތާއިދު ކުރުމަށް ނިއްމުމާއި ގުޅިގެން ކެމްޕޭން ޓީމްތައް އެކުލަވާލުމާއި ކެމްޕޭން އޮފީސް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ ވަކި މީހަކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ގެންނަން ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުން ބޭނުންވާ ކަންތައްތަައް ހާސިލް ކުރުމަށް ކަމަށެވެ.
މިހާރު އައްޑޫއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު ފައްޔާޒު ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފައިސަލް ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ސަރުކާރާއި އެކީގައި ތިބުމަށާއި ރައްޔިތުން ބޭނުންވާ ތަރަައްގީ ހާސިލް ކުރުމަށްޓަކައި ސަރުކާރަށް ވާގިވެރިވެ ސަރުކާރަށް ކުރިއަށް ދިޔުމަށް ފައްޔާޒު މަގާމަށް އިންތިޚާބު ކޮށްދިނުމަށް ގޮވާލައްވާފައެެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި، އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަހުމަދު ފައިސަލް (ފައި)ގެ ތާއީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އޮތްކަން ވަނީ ހާމަކުރައްވާފައެވެ. ފައިސަލަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމު މިފަހުން ކާމިޔާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކޮއްކޮއެވެ. އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު